މޮގަދިޝޫ (12 ޖެނުއަރީ) - ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގެ އިންޓަނޭޝަލް އެއާޕޯޓުގެ ކައިރި ސަރަހައްދަކުން ބާރު އަޑުފަށްގަނޑަކާއެކު ގޮވުމެއް ގޮވައިފި އެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ބަޔަކު މަރުވެފައިވާ ކަމަށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު ރެސްކިއު ޓީމްގެ މެމްބަރަކު ބުންޏެވެ.
އަލް އަމީން އެމްބިއުލާންސް ސާވިސްގެ ޑްރައިވަރަކު ކޮށްފައިވާ ޓްވީޓެއްގައި ހާދިސާ ހިނގި ސަރަހައްދުގެ ފޮޓޯއަކާއެކު ބުނެފައިވަނީ ގެއްލުނު ފުރާނަތަކާމެދު ހިތާމަ ކުރާ ކަމަށެވެ.
ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ޔަގީން ނުވާއިރު އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލު ތަކުގައި ދަނީ ފަރުވާ ދެވެމުންނެވެ.
މި ގޮވުން ގޮވަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހޯދިފައި ނުވާއިރު ސަލާމަތީ ބާރުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ.
ސޯމާލިއާއަކީ އަލްގައިދާއިން ވާގިވެރިވާ ޖަމާއަތެއް ކަމަށްވާ އަލް ޝަބާބްގެ ހަރަކާތްތައް ގިނަ ގައުމެކެވެ. އެ ޖަމާއަތުން މިފަދަ ހަމަލާތައް އެގައުމުގެ އެކި ހިސާބުތަކުގައި ދޭތެރެ ދޭތެރެ އިން ދެމުންދެ އެވެ. -- އަލް އަރަބިއްޔާ

ފަހިދިރިއުޅުން ކޯޕަރޭޝަންގެ ޗެއާޕާސަންކަމުން ނަޝްވާ ވަކިކޮށްފި
މުސްލިމެއް ނޫން، އެކަމަކު ވެސް ރޯދަ ހިފާތާ 20 އަހަރު!
ރޯދަ ސިއްހަތު: ކަދުރުގެ ސިއްހީ އަޖާއިބުތައް!