މާލެ ސިޓީގެ އެކި މަގުތަކާއި ގޯޅިތަކުގެ ފާރުތަކުގައި ހުރި އެކިޒާތުގެ ކުރެހުންތަކާއި ލިއުންތައް ނައްތާލުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ފަށައިފައި ވަނީ ދިވެހި ފުލުހުންނާ ގުޅިގެން ކަމަށެވެ. އެގޮތުން ފާރުތަކުގައި ހުރި ގްރެފިޓީތައް ސިޓީ ކައުންސިލުގެ މުވައްޒަފުން ސާފު ކުރަމުން އަންނައިރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ފޯރިމަރަމުނެވެ.
މިދިޔަ ހަފްތާއިން ފެށިގެން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން އަންނަނީ ހިންގަމުންނެވެ. މިއީ ކުށްތަކަށް އަރައިގަނެ އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފައްދާ މީހުންނާމެދު ފިޔަވަޅު އަޅައި ގޭންގުތައް މައިތިރި ކުރުމުގެ ބޭނުމުގައި އޮޕަރޭޝަނެކެވެ.
ދިވެހި ސިފައިންނާއި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ފުލުހުންގެ އެދުމުގެ މަތިން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު "ގުޅިގެން"ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށެވެ.
ކޮންގޯ އިން ޕޯޗުގަލް ހިފަހައްޓައިފި
"ދިލް ތޯ ޕާގަލް ހޭ"އަށް ގިނަ ބަތަލާއިން ނޫނެކޭ ބުނީ ކީއްވެ؟
މެކްސިކޯގެ ޖާޒީގައި މިފަހަރު ފެނުނީ އަސްދޫންޏެއް!