ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، އިތުރަށް ފިޔަވަޅު އެޅުމަށް މަޝްވަރާކުރަން ބައްދަލުވުމެއް ބާއްވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމް ވިދާޅުވީ، މިހާރު ފެތުރެމުންދާ އޮމިކްރީން ވޭރިއެންޓް ދެމިހުންނަނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
އެހެންނަމަވެސް މި ބައްޔަކީ ހަލުވި ދުވެއްޔެއްގައި ފެތުރޭ ވޭރިއަންޓަކަށް ވުމުން، ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅުތައް އެޗްޕީއޭއިން ބަލަމުން ގެންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގޮތެއް ނިންމައި، ސިއްހީ މާހިރުންނާއެކު މާދަމާ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ، މާލޭގައި ކާފިއު ހިންގުމަށް އަދި ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ފިޔަވަޅުތައް އަޅަމުން ގެންދަވާނީ، ސިއްހީ މާހިރުންގެ އިރުޝާދުގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި މިވަގުތު ފެތުރެމުންދާ އޮމިކްރޯން ރާއްޖެއިން ވެސް ފެނިފައިވާއިރު، ރާއްޖޭގައި ވެސް ކޮވިޑުގެ އަދަދުތައް މައްޗަށް ދާން ވަނީ ފަށައިފަ އެވެ. އެގޮތުން ދުވާލަކަށް ހާހަކާއި ގާތްކުރާ އަދަދުތަކުން ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންދެ އެވެ.
ދުވާލަކު 20 މިނެޓުގެ ކަސްރަތުން އެތައް ފައިދާތަކެއް!
ނަޝީދުގެ ރިޔާސަތުގައި މާދަމާ ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް
ބޮންޑް"ގެ ފިލްމުތަކަށް އަހަރެންގެ އަގެއް ނުދެއްކޭނެ: ސްޓީވަން
