ނޭފަތުގައި ހުންނަ އިސްތަށްޓަކީ ގިނަ ބަަޔަކު އެ އިސްތަށިތަކުގެ ބޭނުން ނޭނގި އުފުރާ އިސްތަށި ތަކެކެވެ. ނަމަވެސް އެ އިސްތަށިތައް އުފުރުމުގެ ކުރިން އޭގެ ބޭނުން އެނގިފައި އޮތުން ރަނގަޅުވާނެ އެވެ.
ނޭފަތުގެ އިސްތަށިތަކަކީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ދުރުކޮށްދޭ އެއްޗެއް ކަމަށް ބުނެވެ އެވެ. އަދި މި އިސްތަށިތައް އުފުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއް ކަމުގައި ވެސް ބައެއް މީހުން ގަބޫލުކުރެ އެވެ.
މިކަމާ ގުޅޭގޮތުން ހެދުނު ދިރާސާއެއްގެ ނަތީޖާތައް ދައްކާ ގޮތުން ނޭފަތުގައި ހުންނަ އިސްތަށި ގިނަ މީހުންނަށް އެސްތްމާ ޖެހުމުގެ ފުރުސަތު ކުޑަވެ އެވެ.
މިކަމުގެ ސަބަބަކަށް ވަނީ ނޭފަތުގެ އިސްތަށިތަކުން ނޭވާލާ ނިޒާމަށް އެތެރެވާ ވައި ސާފުކޮށްދީ ނޭވާ ލެވޭއިރު އެތެރެވާ ޖަރާސީމުތައް ހުއްޓުވުމެވެ.
އެހެން ނަމަވެސް 2015 ވަނަ އަހަރު ކުރެވުނު އިތުރު ދިރާސާއަކުން ދައްކާ ގޮތުގައި ނޭފަަތުގެ އިސްތަށިތައް އުފުރައި، ބޭލުމަކީ ނޭވާލާ ނިޒާމުގެ މަގު ސާފުވެ ނޭވާލުން ފަސޭހަވާނެ ކަމެކެވެ.
ކޮންމެ އަކަސް މިކަމާ ގުޅޭ އިތުރު ދިރާސާތައް ކުރަން ޖެހިފައިވާއިރު ނޭފަތުގެ އިސްތަށި އުފުރުމަކީ ރަނގަޅު ކަމެއްތޯ އެއީ މިވަގުތު ސުވާލެއްގެ ތަރޭގައި އޮތް ކަމެކެވެ.
ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރަކަށް އީޒްއެޕް
ސްވިޑްން އާ އެއްވަރުކޮށް ޖަޕާން ދެވަނަ ބުރަށް
ފިރިހެނުންގެ ނަފްސާނީ ސިއްހަތަކީ ލަދު ގަންނަން ޖެހޭ ކަމެއް ނޫން!