ޖައްވުން ވެއްޓުނު ކަމަށް ބުނާ 555.55 ކެރެޓްގެ ކަޅު ޖަވާހިރެއް ދުބާއީގެ ނީލަމެއް ކަމަށްވާ ސޮތެބީގައި ވިއްކާލަން ނިންމައިފި އެވެ.

"ދަ އެނިގްމާ"ގެ ނަމުން ނަން ދެވިފައިވާ މި ޖަވާހިރަކީ ދުނިޔެ ކައިރިން ދަތުރު ކުރި ގިނަހިލައަކުން ނެއްޓިގެން ވެއްޓުނު އެތިކޮޅެއް ކަމަށް ބެލެވެ އެވެ.

ސޮތެބީއިން ބުނީ މިފަދަ ޖަވާހިރެއް ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި މި ޖަވާހިރުގެ އަގު ގާތްގަނޑަކަށް 6.8 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ސޮތެބީގައި އާއްމުކޮށް ދައްކާލަން ބަހައްޓާފައިވާ މި ޖަވާހިރު ލޮސް އެންޖެލަސްގައި ދައްކާލުމަށްފަހު ލަންޑަންގައި ޕޮލިޝް ކުރެވޭނެ ކަމަށް ސޮތެބީއިން ބުނެ އެވެ.

ޖައްވުން ވެއްޓުނު ކަމަށް ބުނާ ޖަވާހިރު

ކާބޮނާޑޯ ޖެމްސްގެ ނަމުން ނަން ދެވޭ ކަޅު ޖަވާހިރުތަކަކީ އޭގައި ކޮންމެވެސް ވަރަކަށް ނައިޓްރޮޖެންގެ އަސަރު ހުންނަ މީގެ 2.6 ބިލިއަން އަހަރު ކުރިއަށް ތާރީޚު ކުރެވޭ ޖަވާހިރު ތަކެކެވެ.

މި ޖަވާހިރަށް ނީލަން ކިޔުން ފެބްރުއަރީ މަހުގެ 3 ން 9 ށް ކުރިއަށް ދާއިރު ފައިސާގެ ގޮތުގައި ކްރިޕްޓޯ ކަރަންސީ ވެސް ގަބޫލު ކުރާނެ ކަމަށް ސޮތެބީއިން ބުންޏެވެ.

ޖަވާހިރުގެ ގަހަނާ ހަދާ ފަރާތެއް ކަމަށްވާ ނިކިތާ ބިނާނީ ބުނީ މިއީ ގުދުރަތީ އަޖާއިބެއް ކަމަށާއި މި ޖަވާހިރު ގަންނަން ފުރުސަތު ލިބުމަކީ ތާރީހީ އެއްޗެއް ހޯދަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.