ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވިކަން އިއުލާނު ކުރުމަށް މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިހާރު ހުންނެވީ އެކަހެރިވެގެން ކަމަށެވެ. އަދި ހުމާއި ކަރުގަ ރިއްސުމާއި ރޯގާ އަދި ގައިގަ ރިއްސާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި ހައި ރިސްކު މީހުންނަށް މި ބަލި ޖެހިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމަށް ސަމާލުވެ ފިޔަވަޅު އެޅުމަށް ވެސް ޔުމްނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އާމިރުއާ ދެކޮޅަށް އާއްމުކުރި ފަތުވާއަށް އޭނާ ރައްދު ދީފި
ނޯލަންގެ "ދަ އޮޑިސީ"އަށް ޓޮމް ކްރޫޒްގެ ތައުރީފު އޮއްސާލައިފި
މިއަހަރުގެ މިހާތަނަށް ފަތުރުވެރިން އެންމެ ގިނައިންއައީ ޗައިނާއިން