ހޭންވޭރު ދަނޑުގައި ޕީސީއާރު ޓެސްޓްކުރާ ސެންޓަރެއް ގާއިމްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު މެންދުރު ފަހު 3 އިން ފެށިގެން އެ ސެންޓަރުގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް މެންދުރު ފަހު 3 އިން އިރުއޮއްސި 6 އަށް މި ސެންޓަރުން ސާމްޕަލްތައް ނަގާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހެންވޭރު ދަނޑާ އެކު މިހާރު މާލެ ސަރަހައްދުގައި ހަ ތަނަކުން ކޮވިޑަށް ޓެސްޓުކުރާ ސާމްޕަލް ނަގައިދެ އެވެ. އެއީ ސޯޝަލް ސެންޓަރުންނާއި އެފްއޭމް ބިލްޑިންގައި ހަދާފައިވާ ސެންޓަރުންނާއި ވިލިމާލެ ފްލޫ ކުލިނިކާއި އަދި ހުޅުމާލެ ރުއްގަނޑު 1 ގައި ހަދާފައިވާ ސެންޓަރުންނެވެ.

މީގެ އިތުރުން ސެނަހިޔާ އިން ވެސް ސާމްޕަލް ނަގައިދެ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާވެފަ އެވެ. އެގޮތުން ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އުޅެނީ 2،000 އިން މަތީގައިކަން ފާހަގަކޮށްލެވެ އެވެ.