ދަރުބާރުގޭގެ އިރުމައްޗަށްވާ ބިމުގައި ފުޑް ކޯޓުތަކެއް ތަރައްގީކުރަން ލޯނެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސްޓްރީޓް ފުޑް ކޮންސެޕްޓްގެ މި ފުޑް ކޯޓުތައް އެޅުމަށް ލޯނު ނަގަން ފާސްވީ، އެ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެކަމަށް ވޯޓުލައި ހުރިހާ ކައުންސިލަރުން އެކަމަށް ތާއީދުކުރެއްވުމުނެވެ. އަދި މި ފުޑްކޯޓުތަކުގެ ސަބަބުން ވިޔަފާރި ކުރަން ބޭނުންވާ މީހުންނަށް އެމަގު ފަހިވެގެންދާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ، ފުޑް ކޯޓު ތަރައްގީކުރަން ހުއްދައަށް އެދި ފިނޭންސް މިނިސްޓްރީއަށް މިމަހުގެ ތެރޭގައި ހުށަހަޅާނެ ކަމަށެވެ.
އޭގެ އިތުރުން ލޯނު ލިބިއްޖެނަމަ އޭޕްރިލް މަހުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރަކާ ހަވާލުކުރާނެ ކަމަށާއި، އެ ދުވެލީގައި ކުރިއަށްދާނަމަ އެންމެ ލަސްވެގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުޑް ކޯޓުތައް ނިންމައި ހުޅުވޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭގައި މިފަދަ ފުޑް ކޯޓުތަކެއް ހުޅުވަން ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭއިރު، މިކަން އާންމުންނާ ހިއްސާކޮށްފައި ވަނީ އެކައުންސިލުން ހެންވޭރު އަވަށަށް ނިސްބަތްވާ މީހުންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ކަންގަނާގެ ރާގު ބަދަލު ވެއްޖެ: "ޖެން-ޒީ އަކީ ގައުމުގެ ކުރިއެރުން"
ހަރަކާތްތެރި ނުވާނަމަ ގައިން ގަޔަށް ނާރާ ބަލިތަކުގެ ނުރައްކާ ބޮޑު
"ބިންތަކުގެ ބާރު ނަގާ އިސްލާހާއެކު މަޝްރޫއުތައް އަވަސް ވާނެ"
