ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކޮވިޑް ސާމްޕަލް ނަގާ ސެންޓަރެއް ގާއިމުކޮށްފި އެވެ.

ކޮވިޑް-19 އަށް އަށް ޓެސްޓް ކުރުމަށް ދެވަނަ ފިޔަވަހީގައި ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމްކުރިކަން ފާހަގަކޮށް އެޗްޕީއޭން ބުނީ އެ ސެންޓަރުން ހިދުމަތް ދޭން ފަށާނީ މިއަދު ކަމަށެވެ.

އެޗްޕީއޭން ބުނީ ސާމްޕަލް ނަގާ ސެންޓަރު ހުޅުވާނީ މިއަދު މެންދުރު ފަހު 3:30 ގައި ކަމަށާއި، އެތަން ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައި އެޗް 8 ޓަވަރު ކައިރީ ކަމަށެވެ. އަދި މެންދުރުފަހު 3:30 އިން ހަވީރު 6:30 އަށް އެ ސެންޓަރުން ސާމްޕަލް ނަގައިދޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެ އެވެ.

އެޗްޕީއޭއިން މީގެ ކުރިން ވެސް ސާމްޕަލް ނެގުމަށް ހެންވޭރު ދަނޑުގައި ސާމްޕަލް ނަގާ ސެންޓަރެއް ގާއިމުކޮށްފައިވެ އެވެ. މިވަގުތު މާލެ ސަރަހައްދުގައި ސާމްޕަލް ނަގައިދޭ ތަންތަނަކީ ވިލިމާލެ ފްލޫ ކްލިނިކް، ސޯޝަލް ސެންޓަރު، އަދި ހުޅުމާލެ ރުއްގަނޑު އެކެކެވެ.

މާލެ ސަރަަހައްދުން ސާމްޕަލް ނަގައިދޭ އިތުރު ތަންތަނަކީ، ސޯޝަލް ސެންޓަރު، ވިލިމާލެ ފްލޫ ކްލިނިކް އަދި ހުޅުމާލެ ރުއްގަނޑު އެކަކުންނެވެ.