މާލޭގައި ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މާފަންނު ގެއެއްގެ ތެރެއިން މީހަކު މަރުވެފައިވާކަމުގެ މައުލޫމާތު މިއަދު 8:03 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 49 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލުމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފާ އޮއްވާ މިއަދު ފެނުނު މީހާ ފެނިފާ ވަނީ މ. ހިންޓަން އިން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.
ފޯބްސް '30 އަންޑާ 30'އިން ރާއްޖޭގެ ރާޔާ ޖާގަ ހޯދައިފި
އީރާނަށް ވާގިވެރިވާނަމަ އޮމާން ގޮއްވާލާނެ ކަމަށް ޓްރަމްޕް ބުނެފި
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!