ރާއްޖެއިން އިތުރު 2،499 މީހުން ކޮވިޑަށް ޕޮޒިޓިވްވެ, މާލެ ސަރަހައްދުގެ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 39 ޕަސެންޓަށް އަރައިފި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 2،499 މީހުންނެވެ. އެއީ މިއަދު ޓެސްޓްކުރި 7،019 ސާޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދެވެ. މީގެ ތެރޭގައި މާލެއިން 1،280 މީހުން ޕޮޒިޓިވްވި އެވެ.

އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 697 މީހުން ޕޮޒިޓިވްވި އެވެ. ރިސޯޓްތަކުން މިއަދު 56 މީހުން، ޕޮޒިޓިވްވި އެވެ.

މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު ވަނީ 128،089 އަށް އަރާފަ އެވެ.

މިވަގުތު 16،950 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 54 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިހާތަނަށް 110،852 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މި ބަލީގައި 274 މީހަކު ވަނީ ނިޔާވެފަ އެވެ.