ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެދީ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ރިތިކް ރޯޝަންވެސް ލޯބިވެރިއަކު ހޯދިކަމުގެ ހަބަރު ފެތުރިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ، މިދިޔަ ހުކުރު ދުވަހުގެރޭ ރިތިކް، އަންހެނަކާ އެކު ރޭގަނޑު ކެއުމަށް ރެސްޓޯރެންޓަކަށް ދިއުމަށްފަހު ނިކުމެގެން ދިޔަ މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި ރިތިކް އެ އަންހެން މީހާގެ އަތުގައި ހިފައިގެން ހުރި މަންޒަރު ފޮޓޯތަކުން ދަނީ އާންމުވަމުންނެވެ.

ރިތިކްއާ އެކު ފެނުނު އަންހެން މީހާއާ ރިތިކް މާސްކު އަޅައިގެންހުރިއިރު، މާސްކުގެ ސަބަބުން ރިތިކާ އެކު ހުރީ ކޮން އަންހެނެއް ކަމެއް މީޑިއާ އަކަށް ކަށަވަރެއް ނުވެ އެވެ. އެހެންނަމަވެސް ގިނަ ބަޔަކު ބުނަނީ ރިތިކާ އެކު ފެނުނީ އިންޑިޔާގެ ފިލްމީ ތަރިއެއްކަމަށްވާ ސަބާ އާޒާދް ކަމަށެވެ.

ރިތިކް އޭނާގެ ކުރީގެ ކައިވެެނި ރޫޅުމަށްފަހު ލޯބިވެރިއަކާއި އެކު ގިނަ ދުވަސްތަކަކަށް ފަހުގަ އާންމުންނަށް ފެނިފައިވާއިރު، ރިތިކްގެ ކުރީގެ އަންހެނުން ސުޒޭން ޙާންވެސް ވަނީ މިފަހުން އޭނާގެ ލޯބިވެރިޔާގެ ފޮޓޯ އާންމުކޮށްފަ އެވެ. ސުޒޭން ލޯބީގެ ގޮތުން ގުޅުނީ އަރްސްލަން ގޯނީއާއި އެވެ.