އަވަހައި ވަރުބަލިވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ބައެއް ފަހަރު އަވަހައި ވަރުބަލިވުން އެމީހެއްގެ ސިއްހަތާއި ގުޅިފައިވާއިރު އަނެއްބައި ފަހަރަށް ވަރުބަލިކަން އިހްސާސް ކުރަން ޖެހެނީ ބުރަކޮށް އުޅުމުގެ ސަބަބުންނެވެ. މި ލިޔުމުގައި މި ބަލާލަނީ ވަރުބަލިވާ މީހުންނަށް އެކަމުން މިންޖުވުމަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

ލުބޯ ފަނި ބުއިން

ލުނބޯ ފަންޏަކީ ޢޭގައި އެތަކެއް ސިއްހީ ފައިދާއެއް އެކުލެވިގެންވާ އެއްޗެކެވެ. ލުނބޯއިން ފަނި ގިނައިގެން ބުއިމުން ހަށިގަނޑުގައި ވަރުޖެހި ހަށިގަނޑުން ވަރުބަލިކަން ފިލުވާދެ އެވެ. ގަވާއިދުން ލުބޯ ފަނި ބޯ މީހުން ވަރުބަލިވާ އިންސައްތަ އެހެން މީހުންނަށް ވުރެއް 67 އިންސައްތަ ކުޑަ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ކަސްރަތު ކުރުން

ކަސްރަތު ކުރުމަކީވެސް އަވަހައި ވަރުބަލިވުމުން ދުރުކޮށްދޭ ކަމެކެވެ. އެއީ ކަސްރަތު ކުރުމުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރު ވުމަށް އެހީވެދޭތީ އެވެ. އެހެން ކަމުން ގަވާއިދުން ކަސްރަތު ކުރަން އާދަ ކުރާށެވެ..

ހަމަނިދި ނިދުން

ހަމަނިދި ނިދުމަކީވެސް މީހާ ވަރުބަލިވާ މިންވަރު މަދުކޮށްދޭ ކަމެކެވެ. އެހެނީ ހަމަނިދި ނިދުމުން ހަށިގަނޑުގެ ގުނަވަންތަކަށް އަރާމުލިބި ހަށިގަނޑުގެ ގުނަވަންތައް ހާއްސަކޮށް ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށް އެހީވެދޭނެ އެވެ.