ފަޅޮލަކީ ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ ހައްދާލާންވެސް އެހާ ފަސޭހަ ގަހެކެވެ. ފައިދާއިން ފުރިފައިވާ މި މޭވާގެ އޮށަކީ އަހަރެމެން ގިނަ ފަހަރަށް ބޭނުން ނުކޮށް އުކާލާ ހަށިގަނޑަށް ގިނަ ފައިދާ ތަކެއް ލިއްބައިދޭ އެއްޗެކެވެ.

އެގޮތުން ފަޅޯ އޮށަކީ ދިފާއި ނިޒާމް ވަރުގަދަ ކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ބެކްޓީރިއަލް އިންފެކްޝަންތައް ފަސޭހަކޮށްދިނުމަށްވެސް ފަޅޯ އޮށަކީ ފަރުވާ އެކެވެ.

2014 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެއްގައި ވާ ގޮތުން ފަޅޯ އޮށުގެ އިތުރުން ފަތް ވެސް އިންފެކްޝަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދެ އެވެ. އެގޮތުން ބަނޑުގައި އުފެދޭ ޖަރާސީމުތަކުން ސަލާމަތް ވުމަށް ކޮންމެ ދުވަހަކުވެސް ވަކި މިންވަރެއްގެ ފަޅޯ އޮށް ބޭނުން ކުރުމުން ހަޖަމުގެ ނިޒާމުގެ އިތުރުން ގޭސްޓްރިކްގެ މައްސަލަތަކަށް ވެސް ހައްލެއް ލިބިގެން ދާނެ އެވެ.

ފަޅޯ އޮށުން ވައިގެ ސަބަބުން ދިމާވާ މައްސަލަތައް 84 ޕަސެންޓަށް ދަށްކޮށްދެ އެވެ. އަދި މީގެ އިތުރުން ބަނޑުގައި އުފެދޭ އެސިޑްތައް ނައްތާލުމަށްވެސް މިއީ ރަނގަޅު އެއްޗެކެެވެ. ހަމަ އެހެންމެ ކިޑްނީ ހަލާކު ވުމާއި ފަންގަލް އިންފެކްޝަން ތަކަށްވެސް މިއީ ރަނގަޅު ބޭހެކެވެ.

ފަޅޯ އޮށަކީ އޭގައި ކޮންމެވެސް ވަރަކަށް ކުޅި ރަހައެއް އެކުލެވޭ އެއްޗެކެވެ. ގިނަ އަދަދަކަށް ޕްރޮޓީން، ކެލްސިއަމް، މެގްނީސިއަމް އަދި ފޮސްފަރަސް ހިމެނޭ މި އޮށް ރޯކޮށް ވެސް ނުވަތަ ސެލެޑަކާއެކު ވެސް ބޭނުން ކުރެވިދާނެ އެވެ. އަދި ސްމޫތީއެއް ގޮތަށް ބުއިމެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެ އެވެ.