ރާއްޖެއިން އިތުރު 1,096 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މުޅި ރާއްޖެއިން 4،320 ސާޕަލް ޓެސްޓް ކޮށްފައިވާއިރު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 1،096 މީހުންނެވެ.

މީގެ ތެރެއިން މާލެ ސަރަހައްދުން 1،767 ޓެސްޓް ކޮށްފައިވާއިރު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 338 މީހުންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 549 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 77 މީހުންނެވެ.

މާލެ ސަރަހައްދުގެ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ވެސް ވަނީ 19 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މިދިޔަ މަހު މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް އުޅުނީ 30 ޕަސެންޓަށް ވުރެ މަތީގަ އެވެ.

ރާއްޖެއިން މިހާތަނަށް 154،511 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިވަގުތު 16،095 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 60 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. އަދި 138،117 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، މި ބަލީގައި 286 މީހަކު ވަނީ ނިޔާވެފަ އެވެ