އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަން ކަމުގެ މަގާމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ކުރިމަތިލާނެކަން ހާމަކޮށްފި އެވެ.
މިނިސްޓަރ ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް ވަނީ އެމްޑީޕީގެ އިސްބޭފުޅުން ހިމެނޭ ވަޓްސްއަޕް ގްރޫޕެއްގައި އިއުލާން ކުރައްވާފަ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް ހާމަކުރައްވާފައިނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައިވަނީ، އިންތިހާބު ބޭއްވުމުގެ 60 ދުވަސްކުރިން އެއިންތިހާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންވާނެއެވެ.
ޗެއާޕާސަން ކަމުގެ މަގާމް ހުސްވީ އެންމެފަހުން އެމަގާމުގައި ހުންނެވި ހަސަން ލަތީފުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ދިރާގުން ދޭ ފަހު ބޯޓު ހޯދުމުގެ ފުރުސަތައް ބާކީ 7 ދުވަސް
އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލަން އެއްބަސްވި
އިސްތަށިގަނޑު ތުނިވެ ބަލިކަށިވަނީ މިހެެންވެ ކަމަށް ވެދާނެ!
ނުދޭނަން