ގޭގައި ތިބެ، ފަސޭހަކަމާއެކު ހެއާ ކެެއާ މާސްކެއް ހަދާލަން ބޭނުން ހެއްޔެވެ؟ މި ކިޔައިދެނީ ގޭތެރެއިން ލިބެންހުންނަ ބައެއް ތަކެތިން ހެއާ ކެެއާ މާސްކެއް ހަދާނެ ގޮތެވެ.

ހެއާ ކެެއާ މާސްކަކީ އިސްތަށިގަނޑަށް އޮފުކަމާއި ތާޒާކަން ގެނެސްދޭ އެއްޗެކެވެ. މީގެ އިތުރުން މިފަދަ މާސްކު ތަކުން އިސްތަށިގަނޑު ވަރުގަދަކޮށްދީ އިސްތަށި ފެޅުމާއި ދިގުވުން އަވަސް ކޮށްދެ އެވެ.

ބޭނުންވާނެ ތަކެތި

  • 2 ސައިސަމުސާ ކާށިތެޔޮ
  • 2 ސައިސަމުސާ ޔޯގަޓް
  • 3 ނުވަތަ 4 ވިޓަމިން-އީ ކެޕްސޫލް (އިސްތަށިގަނޑުގެ ދިގުމިނަށް ބަލާފައި)

ތައްޔާރުކުރާނެ ގޮތް

  • ބޮޑު ތަށްޓެއްގައި ހުރިހައި ތަކެތި ރަނގަޅަށް އެއްކުރާށެވެ. ޕޭސްޓަކަށް ވަންދެން ގަށަން ވާނެ އެވެ.
  • ގަށާފައި ހުރި ޕޭސްޓް، އިސްތަށިގަނޑާއި ބޮލުގެ ހަންގަނޑުގައި ހާކައި 15 މިނެޓް ވަންދެން މަސާޖު ކުރާށެވެ.
  • ޝަވާ ކެޕެއް އަޅައި އިސްތަށިގަނޑު ފޮރުވާލާށެވެ. 8 ވަރަކަށް ގަޑިއިރު ފަހުން ޝޭމްޕޫއާއި ކޮންޑިޝަނަރ އެއް ލައިގެން ބޯ ދޮންނާށެވެ.