މޮސްކޯ (12 ފެބްރުއަރީ) - ރަޝިއާގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ ސަބްމެރިނެއް އެ ގައުމުގެ ކަނޑުގެ ސިފައިން ފައްސާލާފައިވާ ކަމަށް ރަޝިއާއިން ބުނެފި އެވެ.
ރަޝިއާގެ އަސްކަރީ ބޯޓަކުން އެ ސަބްމެރިން ފައްސާލާފައި ވަނީ ފެނުން މައްޗަށް އެރުމަށް ސިފައިން ދިން އޯޑަރުތަކަށް އިޖާބަ ނުދިނުމުން ކަމަށް އަސްކަރިއްޔާއިން ބުނެފައިވެ އެވެ.
ޔޫކްރެއިން މައްސަލާގައި އެމެރިކާއާއި ރަޝިއާގެ ގުޅުންތައް ހީނަރުވެފައިވާ މި ދަނޑިވަޅުގައި އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެ ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާކުރަން ހިންގި އަމަލެއް ކަމަށް ރަޝިއާއިން ވަނީ ތުހުމަތު ކޮށްފަ އެވެ.
މިކަމާ ބެހޭގޮތުން އެމެރިކާގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައި ނުވާއިރު ރަޝިއާއިން ވަނީ މި މައްސަލަ އެމެރިކާގެ ސަމާލުކަމަށް ގެނެސްފައި ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެ އެވެ.
ރަޝިއާގެ އިރުމަތީ ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ މި ސަބްމެރިން ފެނިފައި ވަނީ ރަޝިއާގެ ސިފައިން ޕެސިފކް ކަނޑުގައި ހިންގަމުން އަންނަ ތެމްރީންތަކުގެ ތެރެއިން އިއްޔެގެ ވަގުތެއްގަ އެވެ.
ޔޫކްރެއިން މައްސަލާގައި އެމެރިކާއާއި ރަޝިއާގެ ރައީސުން ވަނީ އެއްގަޑިއިރުގެ ދިގު ފޯނު ކޯލެއްގައި މަޝްވަރާތައް ކޮށްފަ އެވެ. -- އަލް އަރަބިއްޔާ

2.3 މިލިއަނަށް ވިއްކާ ފްލެޓްތަކެއް ހުޅުމާލޭގައި އަޅަނީ
ގާސިމް މާމިގިލީގައި ބިނާކުރި ބޮޑު މިސްކިތް ހުޅުވައިފި
ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި