ހުޅުމާލޭގެ "ވޯޓާސް އެޖް"ގައި މެރީބްރައުންގެ އައުޓްލެޓެއް ހުޅުވައިފި އެވެ.
މޭރީ ބްރައުން އައުޓްލެޓް ހުޅުމާލެގައި ހުޅުވާފައިވަނީ ފެރީ ޓާމިނަލް ހުންނަ ފިތުރޯނުމަގުގެ ފްލެޓްތައް ކުރިމައްޗަށް ވާގޮތަށް ޖަވާހިރުމާ ހިނގުމުގެ "ވޯޓާސް އެޖް"ގަ އެވެ.
މިއަދު ވޯޓާސް އެޖުގައި ބޭއްވި ރަސްމިއްޔާތުގައި މި އައުޓްލެޓް ހުޅުވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
ވޯޓާސް އެޖަކީ ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމެންޓުން ހަދާފައިވާ ވޯޓާ ފްރަންޓް ކޮމާޝަލް ކޮމްޕްލެކްސްއެކެވެ. އެ ކޮމްޕްލެސްކްއަށް ނަން ދީފައި ވަނީ ވެސް އެތަން ހެދި ކުންފުނިންނެވެ.
ވޯޓާސް އެޖްގައި ކުރިއަށް އޮތް ތަނުގައި ގިނަ އައުޓްލެޓްތަކެއް ހުޅުވުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން، ސީކްރެޓް ރެސިޕީއާއި ޕިއްޒާ މިއާ އަދި ކޮފީ ރިޕަބްލިކްގެ އައުޓްލެޓެއް ވެސް ހުޅުވަން ވަނީ ނިންމައިފަ އެވެ.
ދިރާގު މުވައްޒަފުންގެ "ޑެސްކަޕް 2026" ފުޓްސަލް މުބާރާތް ނިމިއްޖެ
ވިޒިޓް މޯލްޑިވްސްގެ އެމްޑީ ޝިއުރީ އިސްތިއުފާ ދެއްވައިފި
ޕެޓިޝަންގައި ސޮއިކުރަން އެޗްޑީސީގެ މުވައްޒަފުންނަށް ބިރުދައްކަނީ