ޑާކްރެއިން އެންޓަޓެއިންމެންޓްގެ ލޯބީގެ ފިލްމު ”ބީވީމާ”ގެ ޓީޒާ ނެރެފި އެވެ.
ފިލްމު "ލީނާ" އާއި "އަނދިރިކަން" އަދި "ވީބޭވަފާ" ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު އަހުމަދު ޒަރީޒު ފުރަތަމަ ފީޗާ ފިލްމު "ބީވީމާ"ގެ ޓީޒާ ނެރުނުއިރު ފިލްމުގެ ޝޫޓިން ވެސް މިހާރު ވަނީ ނިންމިފަ އެވެ.
"ބީވީމާ" އަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މަޝްހޫރު ލަވަ ކިޔުންތެރިޔާ އަޝްފާ ފިލްމީ ދާއިރާއަށް ތައާރަފު ކުރާ ފިލްމުގައި އިތުރު ތަރިންގެ ގޮތުގައި ފެނިގެންދާނީ ކޮޕީ އިއްސެ އާއި އައިމިނަތު ރަޝްފާ (އާޝާ) އާއި އާދަމް ޒިދާން (ނާނަ) ފެނިގެންދާނެ އެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓުން މި ފިލްމު ސިފަކުރަނީ މިއީ އެ ޕްރޮޑަކްޝަން ހައުސް އިން މިހާތަނަށް އުފެއްދި އެންމެ ތަފާތު އެއް ފިލްމުގެ ގޮތުގަ އެވެ.
"ބީވީމާ" ގެ ޓީޒާ ފެށިގެން އަންނަނީ "ފޮގޮޓް މީ ނޮޓް ރާނިޔާ" މިހެން ޔުނީފޯމެއްގައި ލިޔަނިކޮށެވެ. "ބީވީމާ" ގައި ދެ ދުވަސްވަރެއްގެ މަންޒަރުތައް ގެނެސްދޭނެ އެވެ. ޓީޒާ އިން ވަރަށް ރީތިކޮށް އެ މަންޒަރުތައް ކުރުކޮށް ސިފަކޮށްދީފައިވެ އެވެ.
ވަރަށް ހިތްގައިމު މިއުޒިކެއް ހިމެނޭ މި ޓީޒާގައި އިއްސެ އާއި އަޝްފާގެ ބައެއް މަންޒަރުތައްވެސް ފެނެ އެވެ.