ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާންގެ ސަޕޯޓަރުން އިންތިޒާރު ކުރަމުން އަންނަ އޭނާގެ ކުރިއަށް އޮތް ބޮޑު ފިލްމު "މާތުރޫބޫމީ" ނެރުން ފަސްވެދާނެ ކަމުގެ ރިޕޯޓުތަކެއް ފެންމަތި ވެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި، މިއަހަރުގެ ފަހުކޮޅު ނެރުމަށް ތައްޔާރު ވަމުންދިޔަ "މާތުރޫބޫމީ" މިހާރު ސިނަމާތަކަށް އަންނާނީ 2027 ވަނަ އަހަރުގެ ތެރޭގަ އެވެ.
މި ފިލްމު ފަސްކުރަން ނިންމި މައިގަނޑު ސަބަބަކީ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތައް ނިންމުމަށް އިތުރު ވަގުތު ބޭނުންވުމާއި، ފިލްމުގެ ފެންވަރު އެންމެ ރަނގަޅު މިންވަރަށް ގެނައުމަށްޓަކައި ޓީމުން ކުރަމުންދާ މަސައްކަތްތަކެވެ.
ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމަކީ ސަލްމާންގެ ކެރިއަރުގައިވެސް މުހިންމު ފިލްމަކަށް ވާތީ، ޑިރެކްޓަރާއި ޕްރޮޑިއުސަރުން ބޭނުންވަނީ އެއްވެސް އަވަސް އަރުވާލުމެއް ނެތި ފިލްމުގެ މަސައްކަތް ފުރިހަމަ ކުރުމަށެވެ.
"މާތުރޫބޫމީ" ފަސްވި ނަމަވެސް، ސަލްމާން ހާންގެ ސަޕޯޓަރުން މާޔޫސްވާކަށް ނުޖެހޭނެ އެވެ. ސަބަބަކީ އަންނަ އަހަރު ސަލްމާންގެ ދެ ފިލްމެއް ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވޭތީ އެވެ.
މީގެ ތެރޭގައި އޭނާ ސޮއި ކޮށްފައިވާ އެކްޝަން އަދި ކޮމެޑީ/ޑްރާމާ ފިލްމުތައް ހިމެނެ އެވެ. މި ފިލްމުތަކުގެ މަސައްކަތްތައް މިހާރުވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، އީދު ނުވަތަ ބޮޑު ބަންދު ދުވަސްވަރާ ދިމާކޮށް މި ފިލްމުތައް ރިލީޒް ކުރުމަށް ޕްރޮޑިއުސަރުން ދަނީ ރާވަމުންނެވެ.
ސަލްމާންގެ ފިލްމެއް ބޮޑު ސްކްރީންގައި ބަލާލުމަށް ސަޕޯޓަރުން އަބަދުވެސް ތިބެނީ ވަރަށް ކެތްމަދު ވެފަ އެވެ. "މާތޫރޫބޫމީ" 2027 އަށް ފަސްވި ނަމަވެސް، ކުރިއަށް އޮތް އަހަރު ދެ ފިލްމަކުން އޭނާ ފެނިގެން ދިއުމަކީ ސަޕޯޓަރުންނަށް ލިބުނު އުފަލެކެވެ.
އިނގިރޭސި ވިލާތުގައި އެންމެ މަގުބޫލު ފިރިހެން ނަމަކީ މުހައްމަދު!
"ލޮކް އަޕް"ގެ ތަޖުރިބާއިން ސުނީތާއަށް ލިބުނު ފިލާވަޅު ބުނެދީފި
ރައީސާ ބައްދަލުކުރަން އެދޭ މީހުން ނޯޓުކުރަން ހުޅުވާލައިފި