މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ލައިބް ނުކުރެވޭ ސަބަބު އޮޅުން ފިލުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހއްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާގައި ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކްރިމިނަލް ކޯޓުން ނުކުރާތީ އެކަމާ ވާމަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ލައިވް ނުވެގެން އުޅޭ ސަބަބު މަޖިލީހުން ސާފު ކުރާނެކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް ލައިވް ކޮށްދިނުމަށް ޝަރީއަތުގައި ރައީސް ޔާމީންގެ ފަރާތުން ތަކުރާރުކޮށް ވަނީ އެދިފަ އެވެ.
މިކަމާ ގުޅިގެން ކޯޓުން މީގެ ކުރިން ބުނެފައިވަނީ ޝަރީއަތް ލައިވް ކުރެވޭނެ ވަސީލަތްތައް މިވަގުތު ލިބެން ނެތް ކަމަށެވެ. އެހެންނަމަވެސް އެމައްސަލައިގައި މިއަދު އޮތް ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދެން އޮންނަ އަޑުއެހުމެއް ލައިވް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އަދި މިއަދު އަޑު އެހުމުގައި ރައީސް ޔާމީންގެ ވަކީލުން ވަނީ ދެ ޓީވީ ޗެނަލަކު ލައިވް ކުރުމަށް އެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.