ބޭސްފަރުވާއަށް އިންޑިޔާއަށް ދިޔަ ތަނުން ހައްޔަރު ކުރި ބ. އޭދަފުށްޓަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ އައިމިނަތު ރަޝީދާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މިމަހުގެ 15 ދުވަހު އެވެ. އައިމިނަތު ރަޝީދާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިންޑިޔާގެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރި ފުރަތަމަ ފަހަރު އޭނާގެ ބަންދު ކޮށްފައިވަނީ 3 ދުވަހަށެވެ. ނަމަވެސް ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް އަނެއްކާވެސް ކޯޓަށް ހާޒިރު ކުރުމުން މިހާރުވަނީ 14 ދުވަސް ޖަހާފަ އެވެ.
އިންޑިއާގެ ކެރަލާގައި އުޅޭ ބަޔަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައިމިނަތު ރަޝީދާއަށް އެޑްރެސްކޮށް ފޮނުވި ޕާރުސަލެއްގައި ހުރި މަސްތުވާތަކެއްޗާ އައިމިނަތު ރަޝީދާއާ ގުޅުމެއްވާ ކަމަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ތުހުމަތުކުރެ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވިފައިވަނިކޮށް އިންޑިއާ އަށް ދިޔަ ތަނުން އެއާޕޯޓުންނެވެ.
ތިދެން ވަރަށް ހެއްވާ ކަމެއް ރަސީދާގެ އަތުން މަސްތުވާތަކެތި ފެނުނީކީ ނޫން ތުހުމަތެއްގައި ހައްޔަރު ކުރީ އެއީވެސް ބަޔަކު ފޮނުވި ޕާރުސަލެއް ގައި މަސްތުވާތަކެތި ހުރެގެން މާކުރީގެ ކަމަކާ އަދި ކިރިޔާ ތިޔަ ހައްޔަރުކުރީ ކޮބާތަ އިންޑިޔާ އަށް ބޮޑިވަރު ލިބޭތީ ތެޅޭ ކުދިންކޮޅު %30 ވޯޓު ހޯދާގެން ވެރިކަމަށް އަންނަ ކުދިންކޮޅު