މާލެ ސަރަހައްދުން ކޮވިޑަށް ޓެސްޓްކުރާ އަދަދު ދަށްވެ، ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވެސް ދަށްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މުޅި ރާއްޖެއިން 4،191 ސާޕަލް ޓެސްޓް ކޮށްފައިވާއިރު މާލެ ސަރަހައްދުން ޓެސްޓް ކޮށްފައި ވަނީ 1،161 ސާޕަލް އެވެ،

މިއަދު އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 656 މީހުންނެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 79 މީހުންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 497 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 48 މީހުންނެވެ.

މާލެ ސަރަހައްދުގެ ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ވެސް ވަނީ ހަތް ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މިދިޔަ މަހު މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް އުޅުނީ 30 ޕަސެންޓަށް ވުރެ މަތީގަ އެވެ.

ރާއްޖެއިން މިހާތަނަށް 165،729 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިވަގުތު 14،988 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 23 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. އަދި 150،436 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، މި ބަލީގައި 292 މީހަކު ވަނީ ނިޔާވެފަ އެވެ