ހަށިގަނޑަށް އެންމެ ފައިދާ ހުރި އެއްޗެހީގެ ތެރޭގައި ހިމެނެނީ މޭވާ އާއި ތަރުކާރީ އޭ ބުނާ އަޑު އަހަމު އެވެ. މި ދެ ކެޓަގަރީގައި ނަން ހުސްކޮށް ބާވަތްތައް އެބަހުއްޓެވެ. މި ހުރިހާބާވަތްތަކުގެ ތެރެއިން ވެސް ކެއުން އެންމެ ރަނގަޅީ ބްރޮކޮލީ ކަމަށް މަޝްހޫރު ސިއްހީ ތަޖުރިބާކާރަކު ވަނީ ވިދާޅުވެފަ އެވެ.

ޑޮކްޓަރެއް ކަމަށްވާ ޑރ. ރަންގަން ޗެޓަޖީ ލިޔުއްވާފައިވާ ލިޔުމެއްގައިވާ ގޮތުން ބްރޮކޮލީ އަކީ "ލައިފް ސޭވާ" އެކެވެ. އެއީ އެކި ގޮތްގޮތުން ފައިދާ ކުރާތީ އެވެ.

ހަޖަމުކުރުމާއި ދިފާޢީ ނިޒާމުގެ މަސައްކަތްތައް ފުރިހަމަކޮށްދޭ ތަރުކާރީއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ސިކުނޑި ހަމަޖެހި މީހާގެ މޫޑަށް ވެސް ބްރޮކޮލީ ކެއުމުން އުފާވެރިކަން އިހުސާސްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެންޒައިޓީ އާއި ސްޓްރެސްގެ ކަންތައް ދިމާވާމީހުންނަށް ވެސް ބްރޮކޮލީ ކެއުމުން ހިތްހަމަޖެހުން އިހްސާސްވާނެ ކަމަށް ޑރ. ޗެޓަޖީ ވަނީ ވިދާޅުވެފަ އެވެ.

ބްރިކޮލީ ކާންވާނީ ސްޓީމް ކޮށްގެން ނޫނީ ފެން ކައްކައިގެންނެވެ. މިއީ ހިތުގެ މަލިތަކާއި ލޮލުގެ ބަލިތައް، ކޮލެސްޓްރޯލުގެ މައްސަލަތަކަށް ވެސް އޮތް ހައްލެކެވެ.