ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތައިރޮއިޑްގެ ފަރުވާއަކަށް މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަނަވަން ނިންމަވައިފި އެވެ.

މި ކަމާއި ގުޅޭ ގޮތުނ މިއަދު އެމަނިކްފާ ނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ ކަމަށެވެ.

ތައިރޮއިޑްއަކީ ކަރަށް ޖެހޭ ބައްޔެކެވެ. މި ބަލީގެ ކުރީކޮޅު ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.

ރައީސްގެ ފަރުވާއާ ގުޅޭ ތަފުސީލެއް ރައީސް އޮފީހަކު އަދި ނުދެ އެވެ. މި މަހުގެ 10 އިން 15 އަށް ވެސް އެ މަނިކުފާނު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

އެ ދަތުރުފުޅަށް ފަހު ދެން ރައީސް ވަޑައިގަތީ އަމިއްލަފުޅު އަތޮޅު، ޅ. އަތޮޅަށެވެ. އަދި މިދިޔަ އަހަރު ތެރޭގައި ވެސް އެތައް ފަހަރެއްގެ މަތިން ރައީސް ވަނީ ނުރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގަނެފަ އެވެ.