ހަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން ބުނެފި އެވެ.

2020 ވަނަ އަހަރު އަތުލައިގަތް ހަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ދެ މީހަކަށެެވެ.

އެތަނުން އެކަކު ޝަރީއަތް ނިމެންދެން ބަންދަށް ޖެހުމަށްފަހު ދޫކޮށްލާފައިވެ އެވެ. ނަމަވެސް ކޯޓުގައި އެ މައްސަލަ އަނެއްކާ ވެސް އިސްތިއުނާފުކުރީ، އެ މައްސަލައިގައި ޝާމިލުވާ އިތުރު މީހުންނަށް ނުފޫޒު ފޯރުވާނެ ކަމުގެ ފުރުސަތު އޮތުމުންނެވެ.

ނަމަވެސް ހައި ކޯޓުން ވަނީ، އެ މައްސަލައިގައި ބަންދުކުރި ދެ ބިދޭސީންވެސް ރާއްޖޭގައި ނޫޅޭކަމަށް ބުނެފަ އެވެ. އަދި އެމީހުން އަލުން ރާއްޖެ އައުމުގެ ފުރުސަތު ކުޑަކަން ފާހަގަކޮށް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށްފަ އެވެ.

ހައިކޯޓުން އެ ނިންމުން ނިންމެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލީ ސަމީރުގެ އަޣުލަބިއްޔަތުން ކަމަށް ކޯޓުން ބުނެފައިވެ އެވެ.