ކީވް (04 މާޗް) - ޔޫކްރެއިންގެ އިރުއުތުރު ސަރަހައްދުގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓް ކަމަށްވާ ޒަޕޮރިޒްޒިއާ ނިއުކްލިއާ ޕްލާންޓް ރަޝއާއިން ހިސާރު ކޮށްފައިވާ ކަމަށް އެ ސަރަހައްދުގެ ސްޓޭޓް އެޑްމިނިސްޓްރޭޝަންއިން ބުނެފި އެވެ.

އެގައުމުގެ ނިއުކްލިއާ މައި އިދާރާއާ ޙަވާލާދީ އެ އެޑްމިނިސްޓްރޭޝަނުން ބުނީ ޕްލާންޓްގައި ކުރިއަށްދާ ހަރަކާތްތައް އިދާރާގެ އޮޕަރޭޝަނަލް މުވައްޒަފުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ޔޫކްރެއިންއިން ބުނާ ގޮތުގައި އެ ޕްލާންޓްގެ ފަސް ބުރީގެ އިމާރާތުގައި ރޯކޮށްލާ ހަމަލާ ދީފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގަ އެވެ.

އެމެރިކާގެ އެނާޖީ ސެކެޓްރަރީ ޖެނިފާ ގްރަންހޯމް ވިދާޅުވީ ޒަޕޮރިޒްޒިއާ ޕަވާ ސްޓޭޝަންގައި ހުރި ނިއުކްލިއާ ރިއެކްޓަރުތައް ރައްކާތެރި ކަމާއެކު ނިއްވާލެވިފައިވާ ކަމަށެވެ.

ގްރަންހޯމް އިތުރަށް ވިދާޅުވީ ޔޫކްރެއިންގެ އެނާޖީ މިނިސްޓަރާ ވާހަކަ ދެކެވެމުން އަންނަ ކަމަށާއި ޕްލާންޓްގެ ސަރަހްއްދުގައި ނިއުކްލިއާ ރޭޑިއޭޝަން އިތުރުވެފައިވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ.

ޔޫކްރެއިންގެ އެމަޖެންސީ ސާވިސަސްއިން ބުނާ ގޮތުގައި ޕްލާންޓްގެ އެއް ޕަވާ ޔުނިޓް ދަނީ މަސައްކަތް ކުރަމުންނެވެ. – އަލް އަރަބިއްޔާ