ބޮބީ ޑިއޯލްގެ ދަރިފުޅު އަރްޔަމަން ޑިއޯލްގެ ރީތިކަމަކީ އޭނާގެ ކާމިޔާބީއެއް ނޫންކަމަށް ބޮބީ ބުނެފި އެވެ.

ބޮލީވުޑްގައި 90ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮބީ، އޭނާގެ ދަރިފުޅަށް އިޝާރާތްކޮށް މިފަދައިން ބުނީ، ގިނަ ބަޔަކު އާރްޔަމަން ރީތިކަމަށް ބުނެ ސޯޝަލްމީޑިއާގައި ތައުރީފުކުރަމުން ދަނިކޮށެވެ.

އެހެން ނަމަވެސް އާރްޔަމަންއަށް ލިބިފައިވާ ރީތިކަމަކީ އޭނާގެ ކުރިއެރުމަށާއި، ކެރިއަރުގައި އޮތް ކާމިޔާބީގެ އަސްލެއް ކަމުގައި ނުދެކޭކަމަށް ބޮބީ ވަނީ ބުނެފަ އެވެ. އަދި ބޮލީވުޑްގައި ކާމިޔާބީ ހޯދުމަށް ހަމައެކަނި ރީތިކަން ނުފުދޭކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

މިކަން ފާހަގަކޮށް ބޮބީ ވަނީ އޭނާ ބޮލީވުޑްގައި މަސައްކަތް ކުރި ދުވަސްތަކަށްވެސް އަލިއަޅުވާލާފަ އެވެ. އެގޮތުން އޭރު ބޮބީއަށްވެސް ގިނަ ބައެއްގެ ތައުރީފު ލިބުނު ކަމަށާއި، އޭނާ ރީތިކަމުން ބޮލީވުޑްގައި މަތީ މަގާމުތަކަށް ވާސިލް ވެވޭނެ ކަމަށް ގިނަ ބަޔަކު ބުނިކަމަށް ބޮބީ ބުނެފައިވެ އެވެ.

ނަމަވެސް ކަންވީ އެހެން ނޫންކަން ފާހަގަކޮށް ބޮބީ ބުނީ، އޭނާއަށް ކާމިޔާބީ ލިބުނީ އޭނާގެ ރީތިކަމުން ނޫންކަމަށެވެ. އަދި ބޮލީވުޑްގައި އޭނާ ބޭނުންވާ މަގާމު ހާސިލްކުރުމަށް ބުރަ މަސައްކަތް ކުރަން ޖެހުނު ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ބޮބީ، ބޮލީވުޑް ސިނަމާތަކުން އެންމެ ފުރަތަމަ ފެނިފައިވަނީ މީގެ އަހަރުތަކެއް ކުރިން 1995ގަ އެވެ. އޭނާ ވަނީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް އާންމުންނަށް ގެނެސްދީފަ އެވެ.