ޕްރިންސެސް ޑަޔާނާ އާއި ކައިވެނިކުރުމުގެ އެއްދުވަސް ކުރިން ޑަޔާނާ ދެކެ ލޯބިނުވާ ކަމަށް ޕްރިންސް ޗާލްސް ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިހާރު އުމުރުން 71 އަހަރުގެ ޕްރިންސް ޗާލްސް އާއި ލޭޑީ ޑަޔާނާ ސްޕެންސާ ކައިވެނިކޮށްފައިވަނީ 1981 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުގަ އެވެ.
އައިޓީވީއިން ގެނެސްދޭ އާ ޑޮކިއުމެންޓަރީއެއް ކަމަށްވާ "ދަ ޑަޔާނާ އިންޓަވިއު: ރިވެންޖް އޮފް އަ ޕްރިންސެސް"ގައި ޑަޔާނާގެ ކުރީގެ އެސްޓްރޮލޮޖާ ޕެނީތޯންޓަން ބުނެފައިވާ ގޮތުގައި ޕްރިންސް ޗާލްސްގެ ހަގީގީ އިހުސާސްތައް ހާމަކޮށްފައިވަނީ ކައިވެންޏަށް 24 ގަޑިއިރަށް ވެފައިވަނިކޮށެވެ.
ޕެނީ ބުނެފައިވާ ގޮތުގައި ޗާލްސް މި ކައިވެނި ކުރަން ބޭނުންވީ ތެދުވެރިކަމާއި އެކުގަ އެވެ.
"ޑަޔާނާ ބޭނުން ނުވި ކައިވެނި ކުރަންވެސް. އަދި ކައިވެނި ކުރާ ތަނަށް ނުދިއުމަށްވެސް ނިންމި،" ޕެނީ ބުންޏެވެ.
އީރާނާއި އެމެރިކާގެ އެއްބަސްވުން ޓްރަމްޕްގެ ހުއްދައަށް ފޮނުވައިފި
"މޮބްލޭންޑް"އިން ޓޮމް ހާޑީ ބޭރު ކޮށްލީ ކީއްވެ؟
ދެން ބޮލީވުޑުން ބައްޕައެއް ނުފެންނާނެ: ސޮނާކްޝީ
