ކީވް (15 މާޗް) - މިހާރު ކުރިއަށްދާ ޔޫކްރެއިން – ރަޝިއާ ހަނގުރާމަ އަންނަ މެއި މަހުގެ ކުރީކޮޅު ނިމިދާނެ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެފި އެވެ.

އެ ގައުމުގެ ރައީސް އޮފީހުގެ އެޑްވައިޒަރު އޮލެކްސީ އަރެސްޓޮވިޗް ވިދާޅުވި ގޮތުގައި ހަނގުރާމަ ނިމުން ގާތީ ރަޝިއާގެ އަސްކަރިއްޔާގައި އިތުރަށް ބޭނުން ކުރާނެ ހަނގުރާމައިގެ ހަތިޔާރު ހުސްވެގެންނެވެ.

"މެއި މަހުގެ ނިޔަލަށް ސުލްހައިގެ އެއްބަސްވުމަކަށް ދެވުން ވަރަށް ގާތް. އެއަށްވުރެ އަވަހަށް ވެސް ވެދާނެ،" އޮލެކްސީ ވިދާޅުވި އެވެ.

އޮލެކްސީ އިތުރަށް ވިދާޅުވީ ހަނގުރާމައިގެ ނިމުން އޮތީ ދެގޮތަކަށް ކަމަށާއި އެއީ ޔޫކްރެއިންއިން ފައިބަން ރަޝިއާއިން އެއްބަސްވުން ނުވަތަ ގަދަކަމުން ރަޝިއާ ފައްސާލުން ކަމަށެވެ.

"ރަޝިއާއިން އިތުރު ސިފައިން ތަމްރީނުކޮށް ހަނގުރާމައިގެ މައިދާނަށް ފޮނުވުމަކީ ވެސް އެކަށީގެންވާ ކަމެއް،" އޮލެކްސީ ވިދާޅުވި އެވެ.

ހަނގުރާމައިގެ މިހާރުގެ ހާލަތަށް ބަލާއިރު ޔޫކްރެއިންގެ ގިނަ ސަރަހައްދުތަކެއް ރަޝިއާގެ އަތްދަށަށް ގޮސް ވެރިރަށް ކީވްގައި ހަމަލާ ބަދަލު ކުރުންތައް ވަނީ ފަށާފަ އެވެ. – އަލް އަރަބިއްޔާ