ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނި ކަަމަށްވާ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އެސްޓްރަޒެނެކާ ވެކްސިންގެ 40 މިލިއަން ޑޯޒު މިހާތަނަށް އުފައްދާފައިވާ ކަމަށް ބުނެފި އެވެ.
އެއާއި އެކު ވާދަވެރި ނޯވަވެކްސް އިން ތަރައްގީ ކުރި ކޮވިޑް-19ގެ ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ
މި ދެ ވެކްސިން ވެސް އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ލިބިފައި ނުވި ނަމަވެސް ބޭސް އުފައްދާ ކުންފުނިތަކަށް ވަނީ އަވަހަށް ވެކްސިން ހެދުމަށް ދިނުމަށް ފަންޑު ދޫކޮށްފަ އެވެ.
ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާތައް ކުރިއަށް ދާއިރު އަމާޒުހިފާފައި ވަނީ ޓެސްޓްތައް ނިމުހާ އަވަހަށް ވެކްސިން ފޯރުކޮށްދޭން ފެށުމަށެވެ.
އެސްޓްރަޒެނެކާ އިން ބުނި ގޮތުގައި އެ ކުންފުނިން އުފެއްދި ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުން މަޑުޖައްސާލާފައި އޮތީ ކްލިނިކަލް ޓެސްތްތަކުގެ ފަހު މަރުހަލާގެ ނަތީޖާ ލިބެންދެންނެވެ.