އަންނަ ރޯދަ މަހާއި ދިމާކޮށް ނައިޓް މާކެޓެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ނައިޓް މާކެޓެއް ބާއްވަނީ ރޯދަ މަހާއި ދިމާކޮށް އަގު ހެޔޮކޮށް ގެއަށް ބޭނުންވާ ސާމާނު ރައްޔިތުންނަށް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން ބާއްވާ ނައިޓް މާކެޓެއް ކަމަށް މާލޭ ސިޓީ ކައުންސިލްއިން ބުނެ އެވެ.
އެހެން ނަމަވެސް މިމާކޭޓް ބާއްވާނެ ތާރީހެއް އަދި ތަނެއް ވެސް ސިޓީ ކައުންސިލުން ހާމައެއް ނުކުރެ އެވެ.
ރޯދަ މަހާ ދިމާކޮށް މާލޭ ސިޓީ ކައުންސިލްއިން ވަނީ ލޯކަލް މާރުކޭޓެއް ވެސް ހަދަން ނިންމައިފަ އެވެ.
"ހަނގުރާމަ ކުރިއަށް ދަނީ ރޭވި ގޮތަށް ވުރެ ވެސް މާ ފުރިހަމައަށް"
ސިފައިންގެ އަދަދު މަދުވެ، އިޒްރޭލުގެ ލަޝްކަރު ރޫޅި ބައިބައި ވަނީ
އީރާނުގެ މުޅި އަސްކަރިއްޔާ ނެތިކޮށްލާނެ ކަމަށް އިޒްރޭލުން ބުނެފި