ބޮލީވުޑްގެ މަޝްހޫރު ފަންނާނުގެ ދަރިއެއް ކަމަށްވާ، އަބްރަހަމް އަކީ ޝާހުގެ ދޮށީ ދަރިފުޅު އާރްޔަން ޚާންގެ ދަރިއެއް ކަމަށް ހަބަރު ފެތުރިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އަބްރަހަމް ލިބިފައިވަނީ އާރްޔަންގެ އުމުރުން 15 އަހަރުގަ އެވެ. އަދި އެއީ، އޭރު އޭނާ ލޯބީގެ ގޮތުން ގުޅުނު ލޯބިވެރިޔާ އާއެކު ލިބުނު ދަރިއެއް ކަމަށް ހަބަރު ފެތުރިފައިވެ އެވެ.

ހަމައެހެންމެ އަބްރަމް ލިބުނު ދުވަސްތަކާއި ގާތްކޮށް އާރްޔަންއާ އޭނާގެ އޭރުގެ ލޯބިވެރިޔާ، ރޯމޭނިޔާގައި ކާރެއްގައި އިން ވީޑޮއޯއެއްވެސް ވަނީ އާންމުވެފަ އެވެ. އަދި އެ ވީޑިއޯގެ ސަބަބުން އާރްޔަން އާމެދު ދެކެވޭ ވާހަކަތައް އިތުރަށް ސާބިތުވާކަމަށް އާންމުން ބުނެ އެވެ.

ޝާހުގެ ދަރިފުޅު އާރްޔަންގެ ނަން ވަނީ މީގެ ކުރިންވެސް އެކި ނޫސްތަކުގެ ފަލަ ސުރުހީގައި ދައުރުވެފަ އެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށް، މަސްތުވާތަކެތީގެ މުއާމަކާތް ކުރިކަމަށް ބުނެ އޭނާ ހައްޔަރުކޮށްފައިވެ އެވެ.

އާރްޔަން ވަނީ އޭނާ ދުވަހަކުވެސް އެފަދަ ކަމެއްގައި ދެން ނުފެންނާނެކަމަށް ބުނެ ވައުދުވެފަ އެވެ.