އައްޑޫގައި ހެދި ޕޮލިސް އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ވަޑައިގަންނަވާނީ އައްޑުއަށެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިއްމު މަޝްވަރާތަކެއް ކުރެވި، މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންޑިއާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް ވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ގާއިމްކޮށްފައިވާ ޕޮލިސް އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިއީ އިންޑިއާގެ ހާރިޖީ ވަޒީރުގެކަމުގެ މަގާމުގައި ހުންނަވައިގެން ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ތިން ވަނަ ރަސްމީ ދަތުރުފުޅެވެ.

ކައުންސިލްގެ ހުއްދަ ނެތި ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދެނީ
ކަސްޓަމާއި ކަރެކްޝަން މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި
އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ