މިއަދުގެ ރޯދަ މަލާފަތުގެ ސެގްމެންޓްގައި މި ގެނެސްދެނީ އަނގައަށް މީރު ހަދާލަން ފަސޭހަ ކެއުމެކެވެ. ރޯދަ ވީއްލާ ގަޑިއަށާއި ހާރުދަމުގެ ވަގުތަށް ވެސް ރަނގަޅުވާނެ އެވެ.

ބޭނުންވާ ތަކެތި

  • 3 ބެލް ޕެޕާ (ރަތް، ދޮން އަދި ފެހި ކުލަ)
  • 1 ފިޔާ (ބޮޑެތިކޮށް ކޮށާފައި)
  • 1 ލޮނުމެދު (ކޮށާފައި)
  • 1 ޖޯޑު ކުކުޅު މަސް (ކޮށާފައި)
  • 1 ތަށި ޕާސްތާ
  • 5 ޖޯޑު ކިރު
  • 1 ސައި ސަމުސާ ދިރި
  • 1 ސައި ސަމުސާ އަސޭމިރުސް
  • 1 ސައި ސަމުސާ ލޮނު
  • 1 ސައިސަމުސާ ތެޅި މިރުސް
  • ½ 1 ސައި ސަމުސާ އަސޭމިރުސް
  • ކުޑަ ތެޔޮ ފޮދެއް

ތައްޔާރު ކުރާނެ ގޮތް

  1. ތަވައަކަށް ތެޔޮކޮޅު އަޅައި ހޫނު ވުމުން ކުކުޅު މަސްކޮޅު ރަނގަޅަށް ރޯފިލަންދެން ތެލުލާށެވެ. ރަނގަަޅަށް ތެލުލެވެމުން އެއްފަރާތް ކުރާށެވެ.
  2. ހަމަ އެ ތަވަޔަށް ބެލް ޕެޕާއާއި ފިޔާ ކޮޅު އަޅައި ކުޑަކޮށް މޯޅިވުމުން ތެލުލި ކުޅުޅު ކޮޅު އަޅާ އެއްކޮށްލާށެވެ.
  3. އެއަށްފަހު ލޮނުމެދު، އަސޭމިރުސް، ދިރި، ލޮނު އަދި އަސޭމިރުސް އަޅައި އެއްކޮށް ދެ މިނެޓް ކައްކާލާށެވެ.
  4. ދެން އޭގެތެރެއަށް ކިރު އަޅާށެވެ. އަދި ޕާސްތާކޮޅުއަޅާ އެއްކޮށް ޕާސްތާކޮޅު މަޑު ވަންދެން ކައްކާލާށެވެ. ފުލު ނުޖެހޭ ވަރަށް ދޭތެރެ ދޭތެރެއިން ހާކާލަން ވާނެ އެވެ.