ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރި ތާރާ ސުތާރިޔާ މިވަގުތު ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ތާރާ ވަނީ ޕޫލުގައި ފްލޯޓިން ބްރެކްފާސްޓް ނަގާ މަންޒަރު ޕޯސްޓުކޮށްފަ އެވެ.
ތާރާ އެ ފޮޓޯ ޕޯސްޓުކުރިތާ މާގިނައިރެއް ނުވެ އޭނާގެ ލޯބިވެރިޔާ ވެސް ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައިވާއިރު، ގިނަ ބަޔަކު ވަނީ ތާރާ ރާއްޖޭގައި އުޅެނީ އޭނާގެ ލޯބިވެރިޔާއާއެކު ގޮސް ކަމަށް ބުނެފަ އެވެ.
ތާރާގެ ލޯބިވެރިޔާ އާދަރް ޖެއިން އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓުގައި ވަނީ ރާއްޖޭގެ ރިސޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ތައުރީފުކޮށްފަ އެވެ.
އޭގެ އިތުރުން ދެ މީހުން ވެސް ވަނީ އެއްތަނެއްގައި ވަކިން ނަގާފައިވާ ފޮޓޯތައް އެ މީހުންގެ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެގޮތުން ތާރާ ވަނީ އޭނާގެ ގާތް ރަހުމަތްތެރިއަކާއެކުގައި ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފަ އެވެ. އަދި އާދަރް ވަނީ އެއްގޮތަކަށް ހުންނަ ތަނެއްގައި މޫދަށް އެރޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އާންމުކޮށްފަ އެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތާރާ މަޝްހޫރުވެފައިވަނީ އޭނާގެ ފުރަތަމަ ފިލްމު "ސްޓޫޑެންޓް އޮފްދަ އިޔާ" އިންނެވެ. ފޭނުންނަށް ވަނީ އޭނާ ކުޅެދިން ރޯލު ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ.
މުއިއްޒު ރިބަން ކެނޑީ ހިދުމަތް ދެމުން އަންނަ ތަނެއްގައި
ފުވައްމުލަކު ގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!
