ޓައިގާ ޝްރިފް އަކީ ގިނަ ބަޔަކު އެފަންނާނަކަށް ލޯބިކުރާ ފަންނާނެކެވެ.
ހިތްގައިމު އެކްޓެއް ކުޅެދޭ މި ފަންނާނަކީ އެހެން ފަންނާނުންނާއި ހިލާފަށް ނުރައްކާތެރި ސްޓަންޓްތައް ފިލްމުތަކުގައި ދައްކާލަދިން ފަންނާނެކެވެ. އަދި އެއަށްވުރެވެސް ބޮޑަށް ފޭނުން އޭނާއަށް ލޯބިކުރަނީ އޭނާގެ ކިބައިން ފެންނަ ހިތްތިރި ކަމުންނެވެ.
އެގޮތުން ދާދި ފަހުންވެސް ޓައިގާގެ ހިތްތިރިކަން ހާމަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި އޭނާ ފެނިގެން ދަނީ ވަރަށް ވަރުބަލިވެފައި ހުއްޓަ އެވެ.
ނަމަވެސް އެ ވަރުބަލިކަމާއި އެކުގައިވެސް ޓައިގާ އާއެކު ފޮޓޯ ނަގަން ބޭނުންވި އޭނާގެ ފޭނުންނަށް ވަގުތުދީ، އޭނާ ގެންދިޔައީ ފޮޓޯ ނަގަމުންނެވެ.
ގިނަ ބަޔަކަށް ޓައިގާގެ އެ ސިފަ ކަމުގޮސްފައިވާއިރު، އެހާ ވަރުބަލިވެފައި ހުރި އިރުވެސް ފޭނުންގެ އިހުސާސްތަކަށް ގަދަރުކޮށް، އެމީހުންނަށް ފުރުސަތު ދިނުން ވެގެން ދިޔައީ ފޭނުންގެ ލޯބި ޓައިގާއަށް ލިބުނު ކަމަކަށެވެ.
އިންތިހާބަށް ބަހަނީ ރިޝްވަތު، މި ސަރުކާރަށް ވޯޓު ނުދޭތި: ސޯލިހު
އިންތިހާބު އެއްކޮށްގެން ސަލާމަތްވަނީ ބޮލަކަށް 5 ލާރި: އަހުމަދު
ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ފާޅުގައި އެއްބަސްވި ތަރިން!
