ނަސާގެ އެންމެ ފުރަތަމަ އޮޕަރޭޝަނަލް ސްޕޭސް އެކްސް ކްރޫ ޑްރެގަން ލޯންޗު ކުރުމާއެކު ސްޕޭސް ޕްރޮގްރާމަށް މުހިއްމު ހަރުފަތެއް ގިރާކޮށްފި އެވެ.
ކްރޫ ޑްރެގަން ސްޕޭސްކްރާފްޓްގެ ކްރޫއިންނާއެކު ސްޕޭސް އެކްސް ފެލްކަން 9 ރޮކެޓް ލޯންޗުކޮށްފައިވަނީ ނާސާގެ ކެެނެޑީ ސްޕޭސް ސެންޓަރުންނެވެ. ލޯންޗުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުރަތަމަ މަރުހަލާގެ ބޫސްޓާ ރޮކެޓް ވަނީ ކްރޫ ޑްރެގަންއާ ވަކިވެފަ އެވެ. އަދި އޭގެ 10 މިނެޓު ފަހުން ވަނީ އެޓްލާންޓިކް ކަނޑުގައި އޮތް ޑްރޯން ޝިޕަކަށް ޖައްސާފަ އެވެ.
"ރެސިލިއެންސް" ގެ ނަމުން ނަންދެވިފައިވަ މި ކްރޫ ޑްރެގަން ސްޕޭސް ކްރާފްޓް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އާ ހަމަޔަށް ފޯރާނީ ހޯމަ ދުވަުގެ ވަގުތެއްގަ އެވެ.
ހަ މަސް ދުވަހުގެ މި މިޝަނަކީ އެމެރިކާގެ ކޮމާޝަލް ސްޕޭސްކްރާފްޓެއްގައި ކްރޫއިން ސްޕޭސްއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ސަހަރާއަކުން ފެންނަ "ދިވެހި" ދޮންވެލީގެ ސިއްރު!
ވަލެއް އައްސަން ފޭބި މީހާ މޫދު އަޑިން ފެނިއްޖެ
"ދުރަންދަރް 2"ގައި އިންޑިއާގެ އަސްކަރީ ސިއްރުތަކެއް؟
