ވިއްސާރަ ދުވަސްވަރަކީ ނޭވާހިއްލާ މީހުންނަށް އާންމުކޮށް އުނދަގޫތައް އިތުރުވާ ދުވަސްވަރެކެވެ. ވައިގެ ތެރޭގައި ތެތްކަން އިތުރުވުމާއި، ފަންގަސް ނުވަތަ މޯލްޑް އުފެދޭ މިންވަރު އިތުރުވުމަކީ ނޭވާ ހިއްލުމުގެ އަލާމާތްތައް ކުއްލިއަކަށް ގޯސްވާ ސަބަބުތަކެކެވެ.

މެޓްރޯ ހޮސްޕިޓަލްގެ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު ޑރ. ލަވްލީން މަންގްލާ ހާމަ ކުރައްވާ ގޮތުގައި، ވިއްސާރަ ދުވަސްވަރު ވައިގެ ތެރޭގައި ދައުރުވާ އެލާޖެންތަކާއި ފަންގަސްގެ ސަބަބުން ނޭވާލާ ނިޒާމު ހީނަރުވެ، ނޭވާ ކުރުވުމާއި ކެއްސުން އިތުރުވެ އެވެ.

ވިއްސާރަ ދުވަސްވަރު ބަލި މީހުން ސަމާލުވާންވީ 10 ކަމެއް

1. އިންހޭލާ އަބަދުވެސް އަތްފޯރާ ހިސާބުގައި ބެހެއްޓުން

ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ "ރިލީވާ" އިންހޭލާ އަބަދުވެސް ކައިރީގައި ބަހައްޓާށެވެ. އަދި ގަވާއިދުން ނަގަންޖެހޭ ކޮންޓްރޯލާ އިންހޭލާ ދުވަހަކުވެސް މެދުކަނޑާނުލާށެވެ.

2. ގޭގެ ތެތްކަން ކުޑަ ކުރުން

ގޭގެ ތެރޭގައި ތެތްކަން ހިފަހައްޓާ ތަންތަން (މިސާލަކަށް ކުޑަދޮރުތަކާއި ކަންކަން) ސާފުކޮށް، "ޑީހިއުމިޑިފަޔާ"އެއް ބޭނުން ކޮށްގެން ވައިގެ ތެތްކަން ކުޑަ ކުރާށެވެ.

3. ގޭގެ ތެރޭގައި ފަންގަސް އުފެދޭ ތަންތަން ސާފު ކުރުން

ފާޚާނާއާއި ބަދިގެ ފަދަ ތެތްކަން ބޮޑު ތަންތަނުގައި މޯލްޑް ނުވަތަ ކަޅު ކުލައިގެ ފަންގަސް ޖަހާތޯ ބަލައި، އެއަންޓި-ފަންގަލް ސާފުކުރާ އެއްޗެހި ބޭނުން ކޮށްގެން ގަވާއިދުން ސާފު ކުރާށެވެ.

4. ވާރޭއާ ތެމުމުން ދުރުހެލިވުން

ވާރޭ ވެހޭއިރު ވީހާ ވެސް ބޮޑަށް ބޭރަށް ނުނުކުމެ ނުވަތަ ނުތެމި އުޅެވޭތޯ ބަލާށެވެ. ވާރޭގައި ތެމިއްޖެނަމަ، ވީއެންމެ އަވަހަކަށް

5. ކާޕެޓާއި ދޮރުފޮތި ސާފުކުރުން

ގޭގައި ހުންނަ ކާޕެޓާއި ދޮރުފޮތި ފަދަ ތަކެތީގައި ހިރަފުސް އުފެދޭތީ، އެތަކެތި ގަވާއިދުން ދޮވެ ސާފު ކުރާށެވެ. ނުވަތަ ދުވަސް ދުވަސްކޮެޅުން ބަދަލު ކުރާށެވެ.

6. ގޭގެ ތެރޭގައި ވައި ދައުރުވާނެ ގޮތް ހެދުން

ވިއްސާރަ ނޫން ވަގުތުތަކުގައި ކުޑަދޮރުތައް ހުޅުވައި، ގޭގެ ތެރެއަށް ސާފު ވައި ވަންނާނެ ގޮތް ހަދައި ގޭތެރޭގައި ވައި ދައުރުވުން އިތުރު ކުރާށެވެ.

7. ބޭރަށް ނުކުންނައިރު މާސްކް އަޅައިގެން ނުކުތުން

ވިއްސާރަ މޫސުމުގައި ވައިގެ ތެރޭގައި ގިނަ އަދަދަކަށް އެލާޖެންތަކާއި ޕޮލެން ހުންނާތީ، ބޭރަށް ނުކުންނައިރު ރަނގަޅު މާސްކެއް އަޅާށެވެ.

8. ފިނި ކާނާއާއި ބުއިންތަކުން ދުރުހެލިވުން

.އައިސްކްރީމް، ފިނިކޮށްފައި ހުންނަ އައިސްފެން އަދި މާ ބޮޑަށް ތެޔޮ ކާނާ ބޭނުން ކުރުން މަދުކޮށް، ހޫނު ސޫޕާއި ސައި ފަދަ ތަކެތި ބޯށެވެ.

9. އިންފްލުއެންޒާ / ރޯގާ ވެކްސިން ޖެހުން

ވިއްސާރަ ދުވަސްވަރު އާންމުވާ ރޯގާތަކުން ރައްކާތެރިވުމަށް، ޑޮކްޓަރެއްގެ އިރުޝާދާއެކު އަހަރީ ރޯގާ ވެކްސިން ޖެހުން ވަރަށް މުހިއްމެވެ.

10. އަލާމާތްތައް ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން

އާންމުކޮށް އިންހޭލާ ބޭނުން ކުރުމުން ވެސް ނޭވާލާން އުނދަގޫވާނަމަ ނުވަތަ މޭގައި ރިއްސާނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދާށެވެ.