ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިންނަވަރަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ރައީސް ސޯލިހު ހިންނަވަރަށް ވަޑައިގެންފައިވާ ކަމަށެވެ.
ހިންނަވަރަކީ ރައީސް ސޯލިހުގެ އުފަން ރަށެވެ. މި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
މިއަހަރުގެ ފެބްރުއަރީގައި ވެސް އެމަނިކުފާނު ވަނީ ހިންނަވަރަށް ވަޑައިގެންފަ އެވެ.
ފުޑް ކާނިވަލްގެ ދިރާގު ސްޓޯލުގައި ފޯރިގަދަ ހަރަކާތްތަކެއް
ހޫތީން ސައުދީ އަރަބިއްޔާއަށް މިސައިލް ހަމަލާތަކެއް ދީފި
އޭސީއާ ނުލާ ގޭތެރޭގެ ފިނި ހޫނުމިން ދަށް ކުރެވިދާނެ ދެތިން ގޮތެއް!
