މޮސްކޯ (26 އޭޕްރީލް) - ޔޫކްރެއިންއާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެހެން ނަމަވެސް ތިންވަނަ ބޮޑު ހަނގުރާމައެއްގެ ނުރައްކާ ބޮޑު ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސާގޭ ލެވްރޯވް ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ލެވްރޯވް ވަނީ މަޝްވަރާތަކުގައި ޔޫކްރެއިން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ސުލްހައަށް ވެސް ބެލޭނީ ވަކި ހައްދެއްގެ ތެރެއިން، ދެފަރާތުގެ އެއްބާރުލުން ނުލިބޭނަމަ މަޝްވަރާގެ މަރުހަލާއަށް ކުރިއެރުމެއް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ލެވްރޯވް އިތުރަށް ވިދާޅުވީ ޔޫކްރެއިންގެ ރައީސް ވޮލޮދިމީރް ޒެލެންސްކީގެ ކަނޑައަޅުއްވާފައިވާ ވަފްދާއެކު މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ. ނަމެވެސް އެއާއެކު އޭނާ ވަނީ ޔޫކްރެއިންއިން އަންނަނީ މަޝްވަރާތަކުގައި ބައިވެރިވަނީ ހަމައެކަނި ދުނިޔެއަށް ދައްކަން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"އޭނާއަކީ ވަރަށް މޮޅު އެކްޓަރެއް" މީގެ ކުރިން އެކްޓަރެއްގެ ގޮތުގައި އުޅުއްވި ޒެލެންސްކީއާ މުޚާތަބުކޮށް ލެވްރޯވް ވިދާޅުވި އެވެ.

ޒެލެންސްކީގެ ވާހަކަތަކުގައި ތަފާތުތައް ހުންނަ ކަމަށް ވިދާޅުވަމުން ލެވްރޯވް ވިދާޅުވީ މިހާރުގެ ނުތަނަވަސް ހާލަތަށް ބަލާއިރު ތިންވަނަ ބޮޑު ހަނގުރާމެއެއްގެ ބިރު ވަރަށް ބޮޑު ކަމަށެވެ.

އެއާއެކު ޔޫކްރެއިންގެ ހަނގުރާމަ ނިމިގެންދާނީ އެންމެ މަސްލަހަތު އޮތް ގޮތަށް ކަމަށް ވެސް ލެވްރޯވް ވިދާޅުވި އެވެ. -- އަލް އަރަބިއްޔާ