ދުނިޔޭގައި ކޮންމެ އަހަރަކު ވެސް ވައިގެ ދަތުރުފަތުރުގެ ހާދިސާތަކުގައި އެތައް ބަޔަކު މަރުވެ އެވެ. މީގެ ގިނަ ހާދިސާތަކަކީ ކޮންޓްރޯލްގައިވާ ހާދިސާތައް ނޫން ނަމަވެސް މަދު ހާދިސާތަކަކީ ފަސިންޖަރުންނާއި ކްރޫއިންގެ ފަރުވާކުޑަކަމުން ކުރިމަތިވި ހާދިސާތަކެކެވެ.
2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެއްޓުނު އިޖިޕްޓް އެއާގެ މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާއަކީ ވެސް މިފަދަ ގޮތަކަށް ކުރިމަތިވި ހާދިސާއެއް ކަމަށް ތަހުގީގީ ރިޕޯޓުތަކުން މިވަނީ ބުނެފަ އެވެ.
ފްލައިޓް އެމްއެސް 804 ވެއްޓެން މެދުވެރިވި އަލިފާންގަނޑު ރޯވީ ބޯޓުގެ ކޮކްޕިޓު ތެރޭގައި ޕައިލެޓު ރޯކުރި ސިނގިރޭޓެއްގެ ސަބަބުން ކަމަށް އެ ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ.
އިޖިޕްޓް އެއާގެ ޕައިލެޓުން އާއްމުކޮށް މަތިންދާ ބޯޓުގައި ދުންފަތުގެ އިސްތިއުމާލު ކުރި ނަމަވެސް ހާދިސާ ހިނގި ދުވަހާ ހަމައަށް އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
ފްރާންސްގެ އޭވިއޭޝަން އެކްސްޕާޓް ޓީމަކުން ކުރި މި ތަހިގީގުގައި ކޮކްޕިޓް މައިކްރޮ ފޯނުން ސިނގިރޭޓު ރޯކުރާ ކަހަލަ އަޑެއް ފާހަގަވެފައިވެ އެވެ.
އެއާބަސް 320 މަރުކާގެ އެބޯޓު ވެއްޓިފައިވަނީ އިޓަލީގެ ފްރާންސުން ފުރައިގެން މިސްރުގެ ގާހިރާއަށް ދަތުރުކުރަނިކޮށް 37،000 ފޫޓު މަތިންނެވެ. މި ހާދިސާގައި ބޯޯޓުގައި ތިބި 66 މީހުން ވަނީ މަރުވެފަ އެވެ.