މާލޭގައި ވެސް މިރޭ މާރާމާރީއެއް ހިންގައިފި އެވެ.
މިރޭ 2:15 ހާއިރު އެ މާރާމާރީ ހިންގާފައި ވަނީ ސޯސަންމަގުގައި ހުންނަ ސިޓީ ބޭކަރީ ގޯޅިތެރެއިން ވަދެގެންދާއިރު އޮންނަ ގޯޅިއެއްގަ އެވެ.
އެ މާރާމާރީ ހިންގި ސަރަހައްދުގައި ގިނައިރުތަނެއް ވަންދެން ފުލުހުން ހަރަކާތްތެރިވެފައިވެ އެވެ. ފޮރެންސިކް ފުލުހުން ވެސް އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފަ އެވެ.
ފުލުހުން ވަނީ އެ މާރާމާރީ ހިންގި ސަރަހައްދުން ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ހުރި ދެ ވެހިކަލެއް ޓްރެފިކް ފުލުހުން ވަނީ ގެންގޮސްފަ އެވެ. ބެލެވެނީ އެއީ އެ މާރާމާރީއާ ގުޅުންހުރި މީހުންނަށް ނިސްބަތްވާ ސައިކަލްތަކެއް ކަމަށެވެ.
ހުޅުމާލޭގައި ވެސް މިރޭ ވަނީ ދެ މާރާމާރީއެއް ހިންގާފަ އެވެ. އެ މާރާމާރީގައި އަނިޔާވި ދެ މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.
އެނގިފައިވާ ގޮތުގައި މިހާރު މާލޭގައި ހިނގާ ސިލްސިލާ މާރާމާރީތަކަކީ ދެ ގޭންގެއްގެ ދެ މެދުގައި ހިންގަމުންދާ މާރާމާރީތަކެކެވެ.
އަޖާއިބަކީ 6 ލައްކައެއްހާ މީހުން އުޅޭގައުމެއްގާ ގޭންގުތަށް އުފަންވެ އެގޭންގުތަކުގެ ސަބަބުން ގައުމުގެ އަމާންކަމާއި މިނިވަން ކަމެށްނެތި ބިރުން ފިއްކެޑޭ މިންވަރަށް މާރާމާރީއާއި ފޭރުމާއި ރޭޕުކުރުން ހައްދުންނެއްޓިދާއިރު ގައުމު ބަލަހއްޓަން އުޅޭ ޕޮލިހުންނާއި ސިފައިންގެ ދައުރަކީ ހަމައެކަނި ބެނާނެގުންބާ؟