ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތަކަށް އިންޓަނެޓްގެ ހިދުމަތް ދިނުމަށް އެކުލަވާލާފައިވާ "ޖީޕީއޯއެން ސާވިސަސް އެގްރީމެންޓް" ގެ ދަށުން، ފްލެޓުގެ ވެރިފަރާތުން އަމަލުކުރަންޖެހޭ ހަރުކަށި ޝަރުތުތަކަކާއި ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައި، އެ އެއްބަސްވުން ގަބޫލުކުރުން މަޖުބޫރުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ފަހި ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލްކޮށް އިގުރާރުވާންޖެހޭ މި އެއްބަސްވުމުގައިވާ ގޮތުން، ފްލެޓުތަކުގެ ވެރިންނަށް އެފްޑީސީގެ ޕޯޓަލުން ލިބޭ އެހެނިހެން ހިދުމަތްތައް ވެސް ބޭނުންކުރެވެނީ މި ޝަރުތުތައް ގަބޫލުކޮށްގެން ކަމަށްވާތީ، އިންޓަނެޓް ބޭނުންކުރަން ނޭދޭ ފަރާތްތަކަށް ވެސް މި އެއްބަސްވުމުގައި ސޮއިކުރުން ވަނީ މަޖުބޫރު ވެފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ފްލެޓްތަކުގައި ހަރުކުރާ އޮޕްޓިކަލް ނެޓްވޯކް ޓާމިނަލް ނުވަތަ ރައުޓަރު ބޭނުންކުރަން ފަށާ ތާރީހުން ފެށިގެން ފަސް އަހަރު ނުވަނީސް ހިދުމަތް މެދުކަނޑާލައިފިނަމަ، ރައުޓަރު އަނބުރާ ހަވާލުކުރުމުގެ އިތުރުން 5,000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް ދައްކަންޖެހެ އެވެ. މީގެ އިތުރުން އެފްޑީސީން ރަސްމީކޮށް ހުއްދަދީފައިވާ އޮޕަރޭޓަރުން ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ހިދުމަތް ހޯދުމަށް މި ފައިބާ ނެޓްވޯކް ބޭނުންކޮށްފި ނަމަވެސް، ހިދުމަތް ކަނޑާލުމާއެކު 5,000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.
ރައުޓަރަށް ލިބޭ ގެއްލުންތަކާއި އެ ތަކެތި ބެލެހެއްޓުމާ ގުޅޭ ގޮތުން ވެސް ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ރައުޓަރު ގެއްލިއްޖެނަމަ ނުވަތަ އެއަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިއްޖެނަމަ 2,500 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭއިރު، އެއްބަސްވުން އުވާލާތާ ނުވަތަ ކުންފުނިން ލިޔުމުން އެދޭތާ 14 ކަލަންޑަރު ދުވަހުގެ ތެރޭގައި ރައުޓަރު އަނބުރާ ހަވާލުނުކޮށްފި ނަމަވެސް 2,500 ރުފިޔާގެ ދައްކަންޖެހެ އެވެ.
އީރާނުން ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި
ވޯލްޑް ކަޕް ފައިނަލް: ހާފްޓައިމް ޝޯގައި މަޝްހޫރު ގިނަ ނަންތަކެއް!
މޭޒުދޮށު ވަޒީފާތަކުން ބުރަކަށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ!