"ދަ ވޮއިސް" ގެ 20 ވަނަ ސީޒަނުގައި ވެސް ކޯޗެއްގެ ގޮތުގައި ނިކް ޖޯނަސް ބައިވެރިވާން ހަމަޖެހިފައިވާ ކަން އެންބީސީއިން ބުނެފި އެވެ.
ނިކް ޖޯނަސްއާއެކު ދެން މި ސީޒަނުގައި ކޯޗުކަން ކުރާނީ ޖޯން ލެޖެންޑް، ބްލޭކް ޝެލްޓަން އަދި ކެލީ ކްލާކްސަން އެވެ.
ނިކް މި ސީޒަނުގައި ބައިވެރިވަނީ ނިމިދިޔަ ސީޒަނުގައި ކޯޗުކަން ކުރި ގްވެމް ސެޓެފަނީގެ ބަދަލުގަ އެވެ.
"އަހަރެން މިހިރީ އެނބުރި އައިސް މޮޅުވާން ކެތްމަދުވެފައި،" ނިކް ޖޯނަސް ކުރި ޓުވީޓެއްގައި ވެ އެވެ.
ޖޯނަސް އެންމެ ފުރަތަމަ ކޯޗެއްގެ ގޮތުގައި ވޮއިސްގައި ބައިވެރިވެފައިވަނީ 2020 ވަނަ އަހަރުގެ ސްޕްރިންގްގައި ގެނެސްދިން އެ ޝޯގެ 18 ވަނަ ސީޒަނުގަ އެވެ.
"ދަ ވޮއިސް" ގެ ސީޒަން ދެއްކުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.
ދިރާގުން ދޭ ދެ ސްޕީޑްބޯޓް ހޯދަން ބާކީ ދެ ދުވަސް
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުންދަނީ ރާއްޖެއާ ދުރަށް: މެޓް އޮފީސް
ކަސްރަތު ކުރަން ކަންނެތް ވޭތަ؟ މިކަންކަން ކޮށްލާ!
