މާލޭ ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާގޮތުގައިމި އެކްސިޑެންޓުގައި މަރުވީ ސައިކަލް ދުއްވަން އިން މީހާއެވެ. އެއީ ފިރިހެނެކެވެ.
ރާގަވްގެ ޕާޓީގައި އާރްޔަން ވަށާލައި ބޮޑު ހާޖާނު ގަނޑެއް!
ބެލިންހަމް ދެ ލަނޑާއެކު ނޯވޭ ބަލިކޮށް އިންގްލެންޑް ކުރިޔަށް
