އިންޑިއާގެ ޗެންނާއީގައި ބޭއްވި އީދު ޕާޓީއެއްގެ ތެރެއިން މީހަކު އޭނާ ވައްކަން ކުރި ގަހަނާތައް ފޮރުވަން ވެގެން ކެއުންތަކާއެކު ދިރުވާލައިފި އެވެ.
މިިދިޔަ އަންގާރަ ދުވަހު ފާހަގަކުރި އީދު ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުޑަ ކެއުމެއްގެ ތެރެއިން 32 އަހަރުގެ ފިރިހެނަކު އެތަނުގައި ހުރި ގަހަނާތައް ދިރުވާލާފައިވަނީ ކާން ގެންގުޅުނު ބިރިޔާންޏާއެކު ކަމަށްވެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެމީހާ ދިރުވާލި ގަހަނާތަކުގެ އަގުގައި ގާތްގަނޑަކަށް 1.45 ލައްކަ އިންޑިއާ ރުޕީސް ހުންނާނެ އެވެ.
އެ ސަރަހައްދުގައި ހންގާ ގަހަނާ ކުންފުންޏެއްގެ އިސް ވެރިޔާ އޭނާގެ މެނޭޖަރަށާއި މެނޭޖަރުގެ ބައިވެރިޔާއަށް ދައުވަތު ދިނީ އީދުގެ ކެއުމުގައި ބައިވެރި ވުމަށެވެ.
ނަމަވެސް އެ ދެމީހުން ދިޔަފަހުން އެގެއިން ބައެއް ރަން ގަހަނާތައް މަދުވުމާއެކު ފުލުހުންނަށް އެންގީ ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.
އެ ދެމީހުން ފުރަތަމަ އެކަމަށް އިންކާރުކުރި ނަމަވެސް ފުލުހުންނަށް މައްސަލަ ހުށައެޅުމުން ފިރިހެން މީހާ އެކަން ކުރި ކަމަށް ވަނީ އެއްބަސްވެފަ އެވެ. އެއަށްފަހު އޭނާގެ ބޮޑުކަމުދާތަކެތީގެ ތެރެއިން ގަހަނާތައް ހޯދައި އޭގެ ވެރިފަރާތަށް ވަނީ ހަވާލު ކޮށްފަ އެވެ.
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!
ބްރެޑްއަށް ހަމަ ޖެހުމެއް ނެތް: މުޅިން އާ ދަައުވާއަކާއެކު ކޯޓަށް!