ހުސްވެފައިވާ، މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިފި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މި ބައި-އިލެކްޝަނުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށޮގެން ހަވީރު 4:00 އަށް ކުރިއަށްދާނެ ކަމަށެވެ.
މިއިންތިހާބުގައި ވާދަކުރައްވަނީ ޕީޕީއެމްއާއި، އެމްއެންޕީގެ ފަރާތުންނެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިހާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު 2900 މީހަކަށް ވަނީ ލިބިފައިވާ ކަމަށެވެ. މި އިންތިހާބުގައި ޖުމްލަ ހަ ފޮށި ބަހައްޓާފައިވާއިރު ހުރިހާ ފޮއްޓެއް ވެސް ބަހައްޓާފައި ވަނީ ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލުގަ އެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ.
އެއް ބިލިއަންގެ އާމްދަނީއެއް ހޯދި ފުރަތަމަ ބައޮޕިކްއަކީ މައިކަލް!
އައިކޮމްގެ ވާޖިބަށް ހުރަސް އެޅުމުން ރައީސް އޮފީސް ޖޫރިމަނާކޮށްފި
ރައީސާ ބައްދަލުކުރަން އެދޭ މީހުން ނޯޓުކުރަން ހުޅުވާލައިފި
