90ގެ އަހަރުތަކުގައި ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅުނު ފަންނާނުންގެ ތެރޭގައި ރިޝީ ކަޕޫރު ހިމެނޭނެ އެވެ.

ކަޕޫރު ޚާންދާނަށް ނިސްބަތްވާ ރިޝީ އަކީ އޭނާ މަރުވުމާއި ހަމައަށްވެސް ފިލްމު ކުޅުމުގައި ދެމިހުރެ މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރި މީހެކެވެ.

ރިޝީއަށް ލިބިފައިވާ މަޝްހޫރުކަމާއި އެކު އޭނާގެ ހަޔާތާއި ގުޅޭ ހުރިހާ ކަމަކީވެސް އާންމުން ވަރަށް ބޮޑަށް ބަލަން ބޭނުންވާ ކަންކަމެވެ. އެގޮތުން ރިޝީގެ ހަޔާތުގެ ޞަފްހާތަކަށް ބަލާއިރު، އޭނާ އެންމެ ބޮޑަށް އެކަމަކުން ސަލާމާތް ވާން މަސައްކަތް ކުރި ކަމަކީ ރާބުއިމެވެ.

ގިނަ ބަޔަކަށް މިކަން ސިއްރު ކުރި ނަމަވެސް، އެއީ އާންމުންނަށް މިހާރު އެނގޭ ކަމެކެވެ. އަދި ބޮލީވުޑްގެ އެކި ހަފްލާތަކާއި ގުޅިގެން ބާއްވާ ޕާޓީތަކުގައިވެސް މަސްތުގެ ހާލަތުގައި އާންމުންނަށް ރިޝީ އެތައް ފަހަރެއްގެ މަތިން ފެނިފައިވެ އެވެ.

ހަމައެހެންމެ ރިޝީގެ ފިރިހެން ދަރިފުޅުކަމަށްވާ މަޝްހޫރު ފިލްމީ އެކްޓަރު ރަންބީރް ކަޕޫރުވެސް ރާބުއިމުން ދުރުވާން މަސައްކަތް ކުރަމުން ގެންދާކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ހާމަކޮށްފަ އެވެ.

ލުކީމިއާއަށް ފަރުވާކުރަމުން ދަނިކޮށް ރިޝީ މަރުވީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހު 30 ވަނަ ދުވަހުގަ އެވެ. ރިޝީގެ މަރާއެކު އާންމުން ވެސް އެކަމާ ހިތާމަ ފާޅުކޮށްފައިވެ އެވެ.